Advertisement

މަސްވެެރިންގެ ޕާކްގައި ކްރޫޒް ޓާމިނަލެއް ތަރައްގީކުރަނީ

21 Aug 2019 | 15:04

މާލޭގެ މަޝްހޫރު މަސްވެރިންގެ ޕާކްގައި ކްރޫޒް ޓާމިނަލެއް އެޅުމަށް ނިންމައިފިއެވެ.

މިކަމުގެ މަސައްކަތް ހަވާާލުކޮށްފައިވަނީ އެމްޑަބްލިޔުއެސްސީއާއި އެވެ.

އެކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެމްޑަބްލިޔުއެސްސީން ދޭ މައުލޫމާތާއި އެއްގޮތަށް މާލޭގެ މަސްވެރިންގެ ޕާކުގައި ކްރޫޒް ޓާމިނަލް ބިލްޑިންގެ އެއް އަޅައިދިނުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

މިކަމުގެ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 21 އޮގަސްޓް 2019 އިން 26 އޮގަސްޓް 2019 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 28 އޮގަސްޓް ގައެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ސެޕްޓެމްބަރ 2019 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 05 ސެޕްޓެމްބަރ 2019 ވާ ދުވަހު 11:30 އެވެ.

މި ބިޑްގެ ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެ ކަމަށް އިއުލާނުގައި ވެއެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް

Advertisement