Advertisement

ވައިކަރަދޫ ޤަބުރުސްތާން ވަށާފާރު ރޭނުމަށް 3 ލައްކަ ރުފިޔާގެ މަޝްޜޫއެއް ހިންގުމަށް ސޮއިކޮށްފި

21 Aug 2019 | 09:16

ހދ.ވައިކަރަދޫ ކައުންސިލަށް އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީތެރިކަން ވެދެއްވައިފިއެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން 300،000.00 (ތިންލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ވައިކަރަދޫ ކައުންސިލާއި ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ ހޯމް މިނިސްޓްރީގައި ސޮއިކުރައްވައިފައެވެ.

ވައިކަރަދޫ ކައުންސިލުން މިމަޝްރޫޢަށް 55،540.00( ފަންސާސް ފަސްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ) ޚަރަދުކުރާނެއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ.

ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިމްރާހީމް މުޙައްމަދެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.

Advertisement

ކޮމެންޓް