ކިނޮޅަހުގައި ހިތްފަސޭހަ މައިޒާނެއް ހެދުމަށް 2 ލައްކަ ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ސޮއިކޮށްފި!

21 Aug 2019 | 09:36

ކިނޮޅަހަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީ ދިނުމަށް ހަމަ ޖެހި އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.

ކިނޮޅަކަށް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވަނީ އެރަށު ހިތްފަސޭހަމައިޒާން ހެދުމުގެ މަޝްރޫއަށެވެ.

މި އެއްބަސްވުމުގައި އެ ރަށު ކައުންސިލް އިން ވަނީ އިއްޔެ ވަނީ ހޯމް މިނިސްޓްރީގައި ސޮއިކުރައްވައިފައެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކިނޮޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހުސެއިންއެވެ.

ބަޠޫޠާ މަންޒިލް ފޭސް 2 ހެދުމަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 298،953.00 ( ދެލައްކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ) އެވެ.

ކިނޮޅަސް ކައުންސިލުން މިމަޝްރޫޢަށް 180،000.00 (އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ) ޚަރަދުކުރާނެއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ. 

Advertisement

ކޮމެންޓް