އަނގޮޅިތީމުގައި މަގުބައްތިޖެހުމަށް 2 ލައްކަ ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ސޮއިކޮށްފި

21 Aug 2019 | 09:23

ރ.އަނގޮޅުތީމުގެ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިންގުމަށް ހޯމް މިނިސްޓްރީން ފައިސާގެ އެހީދިނުމަށް ނިންމައި އެރަށު ކައުންސިލާއެކު ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމުގައި ކައުންސިލާއެކު ސޮއިކުރުން ބާއްވަފައިވަނީ ހޯމް މިނިސްޓްރީގައިއެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޤާސިމް ހުސައިންއެވެ.

މިމަޝްރޫޢަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 295،500.00 ( ދެލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ރުފިޔާ) އެވެ.

އަނގޮޅިތީމް ކައުންސިލުން މިމަޝްރޫއަށް 180،300.00 (އެއްލައްކަ އަށްޑިހަ ހާސް ތިންސަތޭކަ ރުފިޔާ ) ޚަރަދުކުރާނެއެވެ.

މިމަޝްރޫއުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.

Advertisement

ކޮމެންޓް