ކުޅުންތެރިން ގަނެ ވިއްކާ އަދަދުތަކާމެދު ރޮނާލްޑޯ ސުވާލު އުފައްދައިފި

21 Aug 2019 | 13:40

ޕޯޗުގީސް ޓީވީ ޗެނަލްއައި ވާހަކަ ދައްކަމުން އޭނާ ބުނީ ޒަމާނީ ފުޓްބޯޅައިގެ މައިދާނުގައި ކުޅުންތެރިންގެ އަގުތައް ހިސާބުކުރާގޮތް ދެނެގަންނަން ވަރަށް އުނދަގޫ ކަމަށެވެ.

ކުރިއާ ހިލާފަށް މިއަދު މުޅި ފުޓްބޯޅަ އިންޑަސްޓްރީ ބަދަލުވެއްޖެ ކަމަށައި ކްލަބްތަކުން ޒުވާން ކުޅުންތެރިންގެ ޕޮޓެންޝިއަލްއަށް އެކަނި ބަލާފަވެސް ބޮޑެތި ހަރަދުތައް ކުރާ ކަމަށްވެސް ރޮނާލްޑޯ ފާހަގަކުރިއެވެ.

މިހާރު ފުޓްބޯޅައިގަ އެއްޗަކީ ފައިސާކަމަށައި ޑިފެންޑަރެއް ނުވަތަ ގޯލް ކީޕަރެއްގެ އަގު 70 ނޫނީ 80 މިލިއަން ޔޫރޯއަށް އުފުލިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

މިހުރިހާ ކަންކަމަކީ އޭނާ ގަބޫލުކުރާ ކަންކަމެއް ނޫން ކަމަށައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔެ މިއަދު ހިނގަނީ އެގޮތަށް ކަން ގަބޫލުކުރާ ކަމަށައި އެކަމަށް އިހްތިރާމް ކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ އޭރުގެ ރެކޯޑް ޓްރާންސްފީއެއް ކަމުގައިވާ 94 މިލިއަން ޔޫރޯއަށެވެ. މިދިޔަ އަހަރު ރެއާލް ދޫކޮށް ޔުވެންޓަސްއަށް ރޮނަލްޑޯ ބަދަލުވީ 100 މިލިއަން ޔޫރޯއަށެވެ. 

Advertisement

ކޮމެންޓް