މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިޔަން ފަތުރުވެރިން އަތުވެއްޖެ

21 Aug 2019 | 15:53

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެއް މިލިޔަން ފަތުރުވެރިން އަތުވެއްޖެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ދެވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް އެއް މިލިޔަން ފަތުރުވެރިން އައިސްފައިވެއެވެ.

މި ތަފާސް ހިސާބުތަކުގެ ތަފްސީލަށް ބަލާލާއިރު، ޖުލައި މަހު ވެސް ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕުންނެވެ. އެއީ 487،165 ޓޫރިސްޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ އެޝިއާ ފެސިފިކް ސަރަހައްދުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައި ވާއިރު، އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަ ހޭދަވި މުއްދަތާ އަޅާބަލާއިރު 17.2 ޕަސެންޓް ކުރިއެރުމެކެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ފަސް މާކެޓަކީ:

ޗައިނާ: 17.4 ޕަސެންޓް

އިންޑިއާ: 9.4 ޕަސެންޓް

އިޓަލީ: 8.1 ޕަސެންޓް

އިނގިރޭސިވިލާތް: 7.2 ޕަސެންޓް

ޖަރުމަނު: 7.4 ޕަސެންޓް، މިއެވެ.

Advertisement

ކޮމެންޓް