އުރީދޫއިން ސެމްސަންގ ގެލެކްސީ ނޯޓް 10 ޕްރީއޯޑަރ ޕްލޭންތަކެއް ތައާރަފްކޮށްފި

21 Aug 2019 | 17:24

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މީގެ ތެރޭގައި މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.

އުރީދޫ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި 50% ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. އެންމެ 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއްވައެވެ.

Advertisement

ކޮމެންޓް