މާދަމާގެ ޝަރީއަތުގައި އަދީބުގެ ހެކިބަސް ނަގާނެ!

21 Aug 2019 | 21:55

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގްގެ ދައުވާއާއި ގުޅިގެން މާދަމާ އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނަގާނެކަމަށް ޚަބަރު ފެތުރެންފަށައިިފިއެވެ.

މި މައްސަަލައިގައި އަހުމަދު އަދީބު ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ދައުލަތުގެ ފަރާތުންނެވެ.

އަދީބުގެ އިތުރުން މާދަމާގެ ޝަރީއަތުގެ އަޑުއެހުމުގައި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް އިތުރަށް ނެގުންވެސް އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ. މާާދަމާ އެންމެ ފުރަތަމަ ނަގާނީ މުއައްވިޒްގެ ހެކިބަސް ކަމަށްވެއެވެ.

ފާހަގަކޮށްެލެވޭ ގޮތުގައި އަދީބުގެ ހެކިބަސް ނެގުމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ މީގެ ކުރިން ދެކޮޅު ހަދާފައެވެ. އެއީ އަދީބުގެ މައްޗަށް ފިނިފެންމާ ލޯންޗް ގޮއްވާލައި ރައީސް ޔާާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައި ވުމާއި، އަދި އަދީބުގެ ހިތުގައި ޔާމީނަށް ރުޅިވެރިކަން އޮންނާނެކަމަށް ބުނެއެވެ.

މާދަމާގެ އަޑުއެހުމުގައި އަދީބަށްފަހު އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހެކި ބަސް ދެއްވަން ވަނީ ހަމަޖެހިފައެވެ

Advertisement

ކޮމެންޓް