ޕޮގްބާއަށް ކުރިމަތިވި ނަސްލީ ފުރައްސާރާތަކާ ގުޅިގެން ޓްވިޓާއިން ޔުނައިޓެޑައި ބައްދަލުކުރަނީ

23 Aug 2019 | 00:30

މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފަރާތުން ޕޮގްބާއަށް ކުރިމަތިވި ނަސްލީ ފުރައްސާރައައިގެ މައްސަލަތަކާ ގުޅިގެން ޓްވިޓާގެ ކަމާބެހޭ ފަރާތްތަކުން ޔުނައިޓެޑުގެ އޮފިޝަލުންނައި ބައްދަލު ކުރަން ނިންމައިފިއެވެ.

ޕްރިމިއާ ލީގުގައި އެންމެފަހުން ވުލްވްސްއައި ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ޕޮގްބާއަށް ކާމިޔާބު ނުކުރެވުމައި ގުޅިގެން އެ ކްލަބުގެ އެތައް ސަޕޯޓަރުންނެއް ވަނީ ސޯޝަލް މީޑިއާގައި ޕޮގްބާއައި މެދު ނުރުހުން ފާޅު ކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ ޓުވިޓާ މެދުވެރިކޮށް ހަޑި ހުތުރު ބަހުންނާއި ނަސްލީގޮތުން ޕޮގްބާއަށް ފުރައްސާރަކުރި އެތައް ބަޔަކުވެސް ހިމެނެއެވެ.

މިކަންތައްތަކައި ގުޅިގެން ޔުނައިޓެޑް އަދި އެ ކްލަބުގެ ކުޅުންތެރިންވަނީ ސަޕޯޓަރުގެ ކިބައިން ފެނުނު މި ކަންތައްތައް ހަރުކަށި އިބާރާތުން ކުއްވެރިކޮށް އެންމެންވެސް ތިބީ ޕޮގްބާއައިއެކު ކަމަށް ބުނެފައެވެ.

މި މައްސަލައިގަ ޓްވިޓާގެ ތަމްސީލުކުރާ ފަރާތްތަކަކުން ޔުނައިޓެޑުގެ އޮފިޝަލުންނާ ބައްދަލުކުރަން ނިންމާފައިވަނީ މިފަދަ ކަންކަން ހުއްޓުވަން މިހާރަށްވުރެ ޒިންމާދާރު ގޮތްތަކެއް ރާވާ އިންތިޒާމްކުރަން ޓްވިޓާއިން ޖެހޭކަމަށް ޔުނައިޓެޑުގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިން ގޮވާލާފަ ވަނިކޮށެވެ.

ކަމާގުޅިގެން ޓްވިޓާއިން ނެރުނު ސްޓޭޓްމަންޓްގައި ވަނީ ނަސްލީގޮތުން މީހުންނާ ފުރައްސާރަކޮށް އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންގެ އަމަލުތައް ކުށްވެރިކުރާ ކަމަށައި ޔުނައިޓެޑައި ގުޅިގެން މިފަދަ ކަންކަމަށް ނެރެވެން އޮތް ހައްލުތަކާމެދު މަޝްވަރާ ކުރާނެ ކަމުގައެވެ.

ޝޯސަލް މީޑިއާ މެދުވެރިކޮށް ދިމާވާ މިފަދަ މައްސަލަތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ އެދެވޭ ހައްލެއް ނުފެންނާތީ ކުޅުންތެރިން އަދި ފުޓްބޯޅައިގެ ދުނިޔޭގައި މަޝްހޫރު މީހުން ވަނީ ސޯޝަލް މީޑިއާތަށް ބޮއިކޮޓް ކުރާނެކަމުގެ އިންޒާރުވެސް ދީފައެވެ. 

Advertisement

ކޮމެންޓް