Advertisement

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ހައިލަމަށް ފާޑުވިދާޅުވެއްޖެ

24 Aug 2019 | 22:27

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެެވެ.

ފާއިޒު ހައިލަމަށް ފާޑުވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ މިއަދު މި ފެނުނީ މުއްތަހަމު އާއި ހެކިވެރިޔާއާ ދެމެ ޖަދަލު ކުރެވިގެން ދިޔަތަންކަމަށާއި ފަނޑިޔާރުންގެ ހުނަރުވެރިކަމަކީ އެފަނޑިޔާރެއްގެ ކިބައިގައި ހުންނަޖެހޭ ޖުޑީޝަލް ސްކިލް ހުރުން ކަމަށެވެ. އަދި ޝަރީޢަތް ކުރުމުގެ ހުނަރު ނެތްނަމަ އެޝަރީޢަތުން ފެންނާނެ އުނިކަން ގިނަވާނެކަމަށް ފާއިޒު ވަނީ ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ދިޔަ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގައި ވަނީ، އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި ދެބޭފުޅުން ޖަދަލުކުރަައްވައި، ޝަރީއަތުގެ މަޖިލީހުގައި ސުވާލުކުރައްވައި ހައްދަވާފައެވެ. އަދި ގާޒީ ހައިލަމް ވަނީ އެ ކަމަށް އެއްވެސް އެއްޗެއް ވިދާޅުނުވެ ކުރިއަށް ގެންދިޔުމަށް ދޫކޮށްލާފައިކަން ފާހަގަކޮށްލެވެއެވެ.

ފާއިޒު އިތުރަށް ވިދާޅުވީ ކުރީގައި އޮންނަގޮތުން ހުވާކުރުމަށްފަހު ހަމަސްފަހުންނޫނީ ޝަރީޢަތްކުރާ ގޮނޑީގައި އިށީނުމުގެ ފުރުޞަތެއް ނޯންނާނެކަމަށެވެ.

އެގޮތުން ޤާޟީކަމުގެ ހުވާ ކުރުމަށްފަހު ދަސްކުރާ ޤާޟީ އެއްގޮތުގައި ހަމަސް ފުރިހަމަ ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. "މިމުއްދަތުގައި މަސައްކަތް ކުރަންޖެހެނީ ދުވަސްވީ ތަޖުރިބާކާރު ޤާޟީނާއެކުއެވެ. ޝަރީޢަތް ކުރުމުގެ ހުނަރު ދަސްކުރުމުގެ ގޮތުންނެވެ. ބައެއް ފަހަރު ބޭރަށް ފޮނުވައިގެން އެހުނަރު ދަސްކޮށްދީފައި އެބަހުއްޓެވެ"، ފާާއިޒު ފާހަަގަކުރެއްވިއެވެ.

އެބޭފުޅާގެ ފޭސްބުކް ޕޯސްޓް ނިންމާލަމުން ވިދާޅުވީ ހަމަސް ދުވަހުގެ މުއްދަތު، ތިންމަހަށް ބަދަލުވެގެން ގޮސް، އެންމެ ފަހުން ވޭތިވެދިޔަ ފަސްއަހަރު ފެނިގެން ދިޔައީ އެއްވެސްކަހަަލަ ތަމްރީނެއްނެތި، ހުވައިކުރިގޮތަށް ޝަރީއަތްކުރާ ގޮނޑީގައި އިށީންތަން ކަމަށެވެ.

Advertisement

ކޮމެންޓް