ފަނޑިޔާރުގެ އިސްލާހުކުރުމާއި މެދު ޔައުގޫބުގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލައިފި

02 Sep 2019 | 07:57

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެ މަސައްކަތާއި މެދު ޔައުގޫބް ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

ޔައުގޫބް ވިދާޅުވީ މިރާއްޖޭގެ ފަނޑިޔާރުންނާއި އަދި ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ އިތުރު ދިރާސާއެއް އަދި ރިޕޯޓެއް ހަދާކަށްނުޖެހޭނެކަމަށާއި ފަނޑިޔާރުގެ ސާފުކުރަން ޖެހޭކަން ރައްޔިތުންގެ ރިޕޯޓުން އެނގޭކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ރިޕޯޓެއް ހުށައަޅައިގެން ބަހުސްކުރުމަކީ ވަގުުތުތަކެއް ނަގާލުން ކަމަށާއި، ދެން ކުރަންވީ ކަަމަކީ ފަނޑިޔާރުން ވަކިކުރުންކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުން އެންމެ ދުވަހަކުންވެސް ނިންމާލެވޭނެ މަސައްކަތެއް މި މަސައްކަތަކީ." ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބް އިތުރަށްވަނީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ފަނޑިޔާރުގެ އިސްލާހުކޮށް ސާފުކުުރުމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމަށް ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް