Advertisement

ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅައިފި

25 Aug 2019 | 18:31

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

މިއަހަރަށް ހަރަދުވާނެ ކަމަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 30.2 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ވަނީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. ނަމަވެސް އެ ބަޖެޓަށް މިސަރުކާރުން ބޭނުންވާ ބައެއް ބަދަލުތައް މަޖިލީހުގެ ތެރެއިން ގެނެސްފައިވެ އެވެ. އަދި އެބަޖެޓަކީ ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނެވޭ ވަރަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން މިއަހަރުގެ މިހާތަނަށް 14.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސިޓީއަކާ އެކު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސް، މާދަމާ ރޭ މި ބަޖެޓުގެ މަސައްކަތް ނިންމާލުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ބަޖެޓަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތުވެސް މާދަމާ ރޭގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

Advertisement

ކޮމެންޓް