ވޯޓްގެ ނަތީޖާ ސަރުކާރަށް ގަބޫލުކުރެވޭނެ ކަމަކަށް ނުބެލެވޭ: އިބޫ

17 Sep 2018 | 23:58

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާ އަކީ ސަރުކާރަށް ގަބޫލުކުރެވޭނެ ނަތީޖާއަކަށް ވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، (އިބޫ) ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅުގެ ރަށްތަކަށް ފައްޓަވައިގެން އުޅުއްވާ ދަތުރުގެ ތެރެއިން އެއަތޮޅު ދަރަނބޫދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިންތިހާބު އޮންނަ ދުވަހު ހަމަނުޖެހުން ހިންގަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށެވެ. އެހެންނަމަވެސް އެބަޔަކަށް ރައްޔިތުން އެފަދަ އެއްވެސް ފުރުސަތެއް ދީގެން ނުވާނެކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރައްޔިތުން ތިބީ ރައްޔިތުން ބޭނުންވާ ގޮތް މިހާރުވެސް ނިންމައިގެންކަމަށާއި، ނަމަވެސް މި ނަތީޖާ އަކީ ސަރުކާރު ގަބޫލް ކުރާ ނަތީޖާއަކަށް ނުވާނެކަމަށެވެ.

ކޮންމެ ރަށަކަށް އައުމުންވެސް ފެންނަނީ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރުކަން ފާހަގަކުރައްވާ އިބޫ ވިދާޅުވީ، ކައުންސިލްތަކަށް ބާރު ދިނުމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަސޭހަކަމާއެކު ފުއްދިގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް