ބީރު ކަންފަތެއް ދޭ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް- ޑރ.އިޔާޒު

26 Aug 2019 | 12:04

ނަސޭހަތްދޭ މީހުންނަށް ބީރު ކަންފަތެއް ދިއްކުރާ މީހުންނަށް އަޑު އިއްވައިދޭނެ ގޮތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެެވެ.

އޭނާ އެހެން ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި ރާއްޖޭގައި ދީން ކުރިއަރުވަން މަސައްކަތް ކުރާ އަދާލަތު ޕާޓީން ދެކޭ ގޮތް ހިއްސާ ކުރުމުންނެވެ. އެޕާޓީން ވަނީ އަންހެން ފަނޑިޔާރުން އައްޔަން ނުކުރަން ގިނަ އިލްމުވެރިން ގޮވާލެއްވިޔަސް، އެކަން ކުރެވިދާނެ ކަމަށް ބުނެފައެވެ. އަދި އެމްޑީޕީންވެސް ވަނީ އެއީ ކުރެވޭނެ ކަމެއް ކަމަށް ބުނެފައެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ީ ހެއްކާ ގަރީނާއާއެކު މައްސަލަ ބަޔާން ކޮށްދެވިއްޖެ ކަމަށެވެ. އަދި ނަސޭހަތްވެސް ދެވިއްޖެ ކަމަށެވެ. ޑރ.އިޔާޒުގެ އިތުުރުން، ޝެއިހު އަލީ ޒައިދުވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޝެއިހް ޒައިދު ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރަން އުޅޭ މައްސަލައިގައި ރަނގަޅު ގޮތް ބުނެދީ، ވިސްނައިދޭން މަސައްކަތް ކުރެވިއްޖެ ކަމަށެވވެ. އަދި ރަނގަޅު ގޮތް ބުނެދީ، ނަސޭހަތް ދީގެން އެބޭފުޅާއަށް ޒިންމާ އަދާ ކުރެވިއްޖެ ކަމަށާ، އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސް ބަޔާނުގައި ވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމމުގެ މައްސަލައަކީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި މައްސަލައެއް ކަމަށެވެ. އެހެންކަމުނން އެކަމުގައި، އިހްލާސްތެރި ނިޔަތަކާއެކު ގޯސް ގޮތެއް އިހްތިޔާރު ކުރެވުނަސް ފާފަވެރި ނުވާނެ ކަމަށް އއެޕާޓީން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާމެދު ޖޭއެސްސީގެ ލަފައަކަށް ރައީސް ސޯލިހް އެދިވަޑައިގެން އެ ކޮމިޝަނަށް ނަންފުޅު ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޖޭއެސްސީން ވަނީ އެ ދެ ބޭފުޅުންގެ ނަން ބަލައިގަންނަން ނިންމަވައިފައެވެ.

Advertisement

ކޮމެންޓް