އުކުޅަހު ކޮންވެންޝަން ސެންޓަރ އިފްތިތާހުކޮށްފި

26 Aug 2019 | 16:48

އއ.އުކުޅަހުގައި ގާއިމްކޮށްފައިވާ ކޮންވެންޝަން ސެންޓަރ އިފްތިތާހުކޮށްފިއެވެ.

މި ކޮންވެންޝަން ސެންޓަރ އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ.

އަމީން ކޮންސްޓްރަކްޝަނުން އިމާރާތްކުރި މި ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ނިމުނީ 25ދުވަހުންނެވެ.

މިތަނުގައި 400 މީހުންގެ ޖާގައިގެ ހޯލަކާއި ވެއިޓިން އޭރިއާއަކާއި އެގްޒެކެޓިވް މީޓިން ރޫމެއް އަދި ވީއައިޕީ މީޓިން ރޫމެއް ހުންނާނެއެވެ.

މީގެ އިތުރުން ދެ ކްލާސް ރޫމާއި އަށް ފާހާނާއާއި ތިން ގުދަން އަދި ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީހެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މި މަސައްކަތަށް ގާތްގަނޑަކަށް 17 މިލިޔަން ރުފިޔާ ޚަރަދުވީއިރު، އޭގެ ތެރެއިން 8 މިލިޔަނަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީކަން ފާހަގަކޮށްލެވެއެވެ. 

Advertisement

ކޮމެންޓް

Advertisement