Advertisement

ޕީޕީއެމްގެ ކުރީގެ ލީޑަރޝިޕް ޖޭޕީއަށް މިރޭ ސޮއިކުރަނީ

26 Aug 2019 | 18:19

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި، ކުރީގެ މަޖިލިސް މެންބަރުންތަކެއް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ނިންމައިފިއެވެ.

މިކަން އެބޭފުޅުން އަމިއްލައަށް ވަނީ މީޑިޔާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ.

ޖުމްހޫރީ ޕާޓީން މައުލޫމާތު ދޭގޮތުގައި އެޕާޓީއަށް އަލަށް ގުޅިވަޑައިގަންނަވާ ޚާއްސަ މެންބަރުންތަކެއް ސޮއިކުރުމުގެ ރަސްމިއްޔާތު މިރޭ 9 ޖަހާއިރު ކުނޫޒުގައި އޮންނާނެއެވެ.

މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވާނީ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަސްއަދު، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހު، ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އަދި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.އަބްދުﷲ ޚަލީލެވެ.

ފޮޓޯ ކޮލާޖް: ވަން

Advertisement

ކޮމެންޓް