Advertisement

ޑރ. އަޒްމިރަލްދާއާއި ޝުޖޫނަށް ޖޭއެސްސީން ރުހުންދީފި

26 Aug 2019 | 19:08

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޑރ.އަޒްމިރަލްދާ ޒާހިރާއި އަލްއުސްތާޛާ އައިޝާ ޝުޖޫން އައްޔަންކުރުމަށް ފެންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނެފިއެވެ.

މިގޮތަށް އެ ކޮމިޝަނުން ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

އެބޭފުޅުން އައްޔަންކުރުމަށް ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާދޭން ނިންމީ ފަނޑިޔާރުން ހޮވުމަށް އެކުލަވާލެވުނު ކޮމެޓީގެ ރިޕޯޓްގެ މައްޗަށް ރިއާޔަތްކޮށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ މަތީ ކޯޓެއްގެ ފަނޑިޔާރުކަމަށް އަންހެނުން އައްޔަންކުރުމަށް ނިންމި ފުރަތަމަ ފަހަރެވެ.

އަލްއުސްތާޛާ އައިޝާ ޝުޖޫން ވަނީ މީގެ ކުރިން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވާފައެވެ. މިހާރު އެކަމަނާ އަކީ ބާ ކައުންސިލްގެ މެންބަރެކެވެ. އަދި ޝުޖޫން އަކީ ރާއްޖޭގެ ފުރަތަަމަ އަންހެން ގާޟީންގެ ތެރެއިން ހިމެނޭ ފަރާާތެކެވެ.

ޑރ.އަޒްމިރަލްދާ ޒާހިރަކީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަޒްމިރަލްދާއަކީ ރާއްޖޭގެ މަތީ ކޯޓަކަށް ފުރަތަމަ އައްޔަންކުރެވުނު އަންހެން ފަަނޑިޔާރެވެ.

Advertisement

ކޮމެންޓް