Advertisement

ގިނަ ގޯލް ތަކަކާއެކު ބަޔާންއަށް މުހިންމު ތިން ޕޮއިންޓް

01 Sep 2019 | 05:37

މާއިންޒް އަތުން 6-1 ގެ ބޮޑު ތަފާތަކުން މޮޅުވެ ބަޔާން މިއުނިކް ތިން ޕޮއިންޓަ ކަށަވަރު ކޮށްފިއެވެ.

6 ވަނަ މިނެޓުގައި މާއިންޒް އިން ގޯލެއް ޖަހާ ކުރި ހޯދިއިރު ބަޔާން އަށް ގޯލެއް ކާމިޔާބު ކުރެވުނީ 36 ވަނަ މިނެޓުގައެވެ. ޑިފެންޑާ ޕަވާޑް ވަރަށް ރީތިކޮށް ޖެހި ބޯޅައަކުން ނަތީޖާ ހަމަހަމަވިއިރު ބަޔާން ކޮޅަށް ނަތީޖާ އެނބުރުނީ އަލަބާ ފޮނުވާލި ހިލޭ ޖެހުމަކުންނެވެ.

މި ސީޒަނުގައި ބަޔާންއައި އަލަށް ގުޅުނު ޕެރިސިޗް އެޓީމުގެ ލީޑް ފުޅާ ކޮށްދިންއިރު ހަތަރު ވަނަ ގޯލް ޖަހައިދިނީ ކޯމަންއެވެ. ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ބަޔާންގެ ފަހެއް އަދި ހަވަނަ ގޯލް ޖަހައިދިނީ ނުރައްކާތެރި ފޯވަޑް ލެވަންޑޯސްކީ އަދި ޑޭވިސްއެވެ.

މި މެޗުގައި ބާސެލޯނާއިން ލޯނު ކުޅުންތެރިޔެއްގެ ގޮތުގައި ބަޔާންއަށް ބަދަލުވި ކޫޓީނިއޯވެސް ފެނިގެން ގޮސްފައިވެއެވެ.

މާއިންޒްއައި ދެކޮޅަށް ބަޔާން އެންމެ ފަހުން ކުޅުނު ދެމެޗުގައި އެޓީމް ޖެހި ޖުމްލަ ގޯލުގެ އަދަދު ވަނީ 12 އަށް އަރާފައެވެ. މިދިޔަ ސީޒަނުގައި ކުޅުނު މެޗުގައިވެސް ބަޔާން ވަނީ މާއިންޒް ކޮޅަށް ހަ ގޯލް ވައްދާލާފައެވެ.

މި މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާއެކު ބަޔާންއޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ނުވަ ޕޮއިންޓް ހޯދައިގެން އެއްވަނައިގަ އޮތީ އާރްބީ ލެއިޕްޒިގްއެވެ.

Advertisement

ކޮމެންޓް