Advertisement

ލަންކާއިން ދިވެހިންނަށް ތިންމަހުގެ އޮން-އެރައިވަލް ވިސާ ދެނީ!

01 Sep 2019 | 13:17

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިނުމަށް އެގައުމުން އެއްބަސްވެއްޖެއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި ސްރީލަންކާާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ދިވެހިރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވިސާ އެއްބަސްވުމުގައި ވާ ގޮތުގައި ދެގައުމުގެ ފަރާތްތަކަށްވެސް އަނެއް ގައުމަށް ދަތުރުކުރުމުން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ހިލޭ ލިބޭނެއެވެ. މީގެ ކުރިން ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ލިބެމުންދިޔައީ 30 ދުވަހުގެ އޮން-އެރައިވަލް ވިސާއެވެ.

ސްރީލަންކާގެ ނޫހެއްކަމުގައިވާ ސަންޑޭ ޓައިމްސް އިން ރިޕޯޓް ކުރާ ގޮތުގައި މި ވިސާ އެއްބަސްވުމުގެ ދަށުން ސްރީލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށްވެސް ލުއިފަސޭހަ ތަކެއް ލިބިގެންދާނެއެވެ. އެގޮތުން ސްރީލަންކާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ މުއްދަތު ނިމެންދެން މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެގޮތް ހަމަޖެއްސުމަށްވެސް ވަނީ ނިންމާފައެވެ.

ސްރީލަންކާއަކީ ގިނަ އަަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ގައުމެކެވެ. 

Advertisement

ކޮމެންޓް

Advertisement