ހުޅުމާލޭގައި 24ގަޑިއިރު ވިޔަފާރި ކުރެވޭނެ ތަންތަން ކަނޑައަޅައިފި

01 Sep 2019 | 21:41

ހުޅުމާލޭގައި 24ގަޑިއިރު ވިޔަފާރިކުުރުމަށް ހުއްދަ ދެވޭނެ ސަރަަހައްދުތައް އިކޮނޮމިކް މިިނިސްޓްރީން އާންމުކޮށްފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުމުގެ އިތުރުން ފަށުއިމާ ހިނގުމުން ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށެވެ.

އެ ސަރަހައްދުތަކުގައި ވިޔަފާރިކުރުމުގެ ހުއްދަ ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ޝަރުތުތަކެއް ހަމަވުމުންކަމަށް އިއުލާނުގައިވެއެވެ.

24 ގަޑިއިރު ޚިދުމަތްދިނުމުގެ ހުއްދަ ދޭނީ، ސާފުކޮށް އެތެރެ ފެންނާނެހެން އަލިކޮށްފައި ހުންނަ، ސީސީޓީވީ ކެމެރާ 24 ގަޑިއިރު އޮޕަރޭޓްކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތަކާއި ހޮޓާތަކަށެވެ.

އަދި 24 ގަޑިއިރު ހިންގުމުގެ ހުއްދައަށް އެދި ހުށައަޅަންޖެހޭނީ ސިޓީ ކައުންސިލަށް، ނުވަތަ ރަށެއްގައި ނަމަ ރަށު ކައުންސިލަށެވެ. 

Advertisement

ކޮމެންޓް

Advertisement