ވޯޓު ކަރުދާސް ޗާޕު ކުރަން އެމް7 އަށް ދިން މައްސަލަ އޭސީސީއަށް

23 Oct 2018 | 05:44

ސެޕްޓެމްބަރ 23ގައި ބޭއްވުނު ރިޔާސީ އިންތިހާބް ވޯޓް ކަރުދާސްތައް ޗާޕު ކުރަން އެމް7އަށް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން  ތަހުގީގު ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ވޯޓު ކަރުދާސް ޗާޕު ކުރުމަށް މިފަހަރު ކުރިމަތިލާފައިވަނީ ނޮވެލްޓީންނާއި އެމް7 އިންނެވެ.

އަދި 25 ކަރުދާހުގެ ވޯޓު ކަރުދާސް ފޮތެއް ޗާޕު ކުރުމަށް ނޮވެލްޓިން ހުށަހަޅާފައިވަނީ 63.80 ރުފިޔާއެވެ. އެމް7 އިން ހުށަހެޅީ 345.85 ރުފިޔާ ކަމަށްވެއެވެ.

މިދެފަރާތަކަކީވެސް މީގެކުރީގެ އިންތިހާބްތަކުގައި ވޯޓަކަރުދާސް ޕްރިންޓް ކޮށްފައިވާ ދެކުންފުންޏެވެ. 

ރިޔާސީ އިންތިހާބު ބާތިލް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެވެސް އެމް7 އަށް ވޯޓު ކަރުދާސް ޗާޕު ކުރަން ދިން މައްސަލަ ފާހަގަކޮށްފައިވެއެވެ. އެގޮތުންގައި އެމް 7 އަކީ އިދިކޮޅު ކޯލިޝަންގައި ހިއްސާވާ ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ކުންފުންޏެކެއް ކަމަށް ޕީޕީއެމް އިން ދަނީ ބުނަމުންނެވެ.


Advertisement

ކޮމެންޓް

Advertisement