ރާޅުގަނޑު ސަރަހައްދަށް އެޅިފައިވާ ކުނިބުނި ސީސީސީސީ ސާފުކުރަނީ

23 Oct 2018 | 05:34

ބުރިޖް މަސައްކަތުގައި އެތަނަށް ގެ މޫދަށް އެޅިފައިވާ ދަގަނޑު ހޮޅިތަކާއި އެ ނޫން ވެސް ކުނިބުނި އެއްކޮށް ސާފު ކުރާނެ ކަމަށް، ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ބުނެފި އެވެ.

"މި ކުންފުނިން ކުރާ މަސައްކަތްތަކުން އުފެދޭ ކުނިބުނި ނައްތާލުމަށް ވަރަށް ފުރިހަމަ ޕްރޮގްރާމްތަކެއް ހަމަޖެހިފައި ހުރޭ. އެގޮތުން ސިނަމާލެ ބްރިޖުގެ މަސައްކަތުގައި އުފެދުނު ކުނިބުނި ނައްތާލުމުގެ ޕްލޭނެއް ވެސް އަޅުގަނޑުމެން އެބަ ގެންގުޅެން،" އޭނާ ވިދާޅުވެފައިވެ އެވެ.

ރާޅުގަނޑު ސަރަހައްދައް އެޅިފައިވާ ކުނި

ސީސީސީސީއިން މިއަދު ނެރުން ބަޔާނުގައި ބުނެފައިވަނީ ބުރިޖް ހަދަމުން ދިޔައިރު މޫދަށް ކުނިނާޅާ މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް ބަލާފައިވާނެކަމަށާއި ނަމަވެސް އެފަދަ މަސައްކަތެއް ކުރަމުންދާއިރު މޫދަށް ކުނިއެޅުން މުޅިއަކުން ނުހުއްޓުވޭނެ ކަމަށް ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަނުގައި ބޭނުން ކުރި ބައެއް ސާމާނު ކަނޑު އަޑީގައި ހުރުމަކީ މިފަދަ މަސައްކަތްތަކުގައި އާންމު ކަމެއް. ކަނޑަށް އެޅޭ ތަކެތި މަދު ކުރުމަށް، ބްރިޖު ހެދުމުގެ މަސައްކަތުގެ ތެރެއިން ގިނަ ފިޔަވަޅުތަކެއް އެޅުނު ނަމަވެސް އެކަން މުޅިން ހުއްޓުމަކީ ކުރެވޭނެ ކަމަކަށް ނުވި،" ވަންގް ޗާއޯ ވިދާޅުވެފައިވެ އެވެ.

އަދި ބްރިޖް ހެދިއިރު ބައެއް ކުނި ނަގާ އެތަކެތި ނައްތާލުމުގެ މަސައްކަތް ވާނީ ކޮށްފައިކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އަދި އޮޔެވަރު ހުރިގޮތުން ބައެއް ތަކެތި ވަނީ ރާޅާ އަޅާ ސަރަހައްދަށް ގޮސްފައިކަމަށާއި މި ތަކެތި އެ ތަނުން ނަގައި ސާފު ކުރުމުގެ މަސައްކަތް ވެސް ކުރި އަށް ދާނެކަމަށެވެ.

"ބްރިޖު ހަދަމުންދިޔަ އިރު ވެސް، ބައެއް ކުނިބުނި ނައްތާލުމުގެ މަސައްކަތް ވާނީ ކޮށްފައި. ބްރިޖު ހަދަން ބޭނުން ކުރި ބައެއް ދަގަނޑު ހޮޅިތައް އަދި ޕްލޭޓުތައް ބާންޏާއި އޮއިވަރުގެ ސަބަބުން ވަނީ ރާޅާ އަޅާ ސަރަހައްދަށް ގޮސްފައި. މި ތަކެތި އެ ތަނުން ނަގައި ސާފު ކުރުމުގެ މަސައްކަތް ވެސް ކުރި އަށް ދާނެ،" ވަންގް ޗާއޯގެ ބަޔާނުގައިވެ އެވެ.

Advertisement

ކޮމެންޓް