ލާމާފަރު: މިފަހަރު މޫދު ދިރުންތަކުގެ ހިމާޔަތުގައި

05 Sep 2019 | 12:49

ލާމާފަރު ފެސްޓިވަލްގެ ނަމުގައި ލާމުއަތޮޅުގެ ތިމާވެއްޓާއި އެތަންތާނގައި ދިރިއުޅޭ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ސިކްސެންސެސް ލާމު އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ހަކަރަކާތް މިމަހު 26 ގައި ލާމު އަތޮޅު މާމެންދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ލ މާމެންދޫގައި ބާއްވާ މި ފެސްޓިވަލް އިންތިޒާމު ކުރަނީ ސިކްސް ސެންސަސް ލާމު ރިސޯޓާއި، ވިޒިޓް ލާމު އެޓޯލާއި ލާމު އަތޮޅު ކައުންސިލާއި، މާމެންދޫ ކައުންސިލް، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން، ބްލޫ މެރިން ފައުންޑޭޝަން، އޮލިވް ރިޑްލީ ޕްރޮޖެކްޓް، މަންތާ ޓްރަސްޓް އަދި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް ގުޅިގެންނެވެ. މި އަހަރުގެ ފެސްޓިވަލްގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "އަހަރެމެންގެ ކަނޑުތައް – ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފައި" އެވެ.

މީގެ ތިން އަހަރު ކުރިން ފެށިގެން ކުރިޔަށް ގެންދަމުން ދިޔަ "ލާމު ޓަރޓްލް ފެސްޓިވަލް" ރީބްރޭންޑް ކުރުމަށްފަހު މިއަހަރު ބާއްވާ ލާމާފަރު ފެސްޓިވަލްގައިވެސް އެހެން އަހަރުތަކޭ އެއްގޮތަށް ލާމުއަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވާނެއެވެ. ސިކްސް ސެންސަސް ލާމުން ބުނާގޮތުގައި މިއަހަރުގެ ފެސްޓިވަލްއަށް 2000 އަށްވުރެ ގިނަ ބަޔަކު ޒިޔާރަތްކުރާނެކަމަށް ބެލެވެއެވެ. މި ފެސްޓިވަލް ވެގެންދާނީ ތާރީޚީ ގޮތުންނާއި ތިމާވެށީގެ ގޮތުން ލާމުއަތޮޅު އެހެން ހުރިހާ އަތޮޅުތަކާ ތަފާތުވާ ސަބަބުތައް އެނގިގެންދާނެ މައުލޫމާތުން ފުރިގެންވާ ހަރަކާތަކަށެވެ. ލާމުއަތޮޅުގެ ހުރިހާ ސްކޫލްތަކަކުންވެސް ބައިވެރިވާ މި ފެސްޓިވަލްގައި ލާމުގެ ވާހަކަ، ފެތުމުގެ ރޭސް، ލާމު ފޮޓޯގްރަފީ އެގްޒިބިޝަން، އަދި މޫދު ދިރުމުގެ ޕެރޭޑެއް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 4 ދާއިރާއަކުން އެއްވަނަ ހޮވުމަށް ހަމަޖެހިފައިވާ ފޮޓޯ ގްރަފީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުށަހަޅާލާފައެވެ. މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު އެކި ފަންނު ތަކުގެ ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެެވެ. މިމުބާތުގައި 4 ހޮވުމަށް ހަމަޖެހިފައިވަނީ، ހުރިހާ ގޮތަކުން އެންމެ ރީތި ފޮޓޯ ނަގާ ފޮޓޯ ގްރާފަރަކަށް "ލާމު ފޮޓޯ ގްރަފަރ އޮފް ދަ އިޔަރ" އާއި ތާރީޚީ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރާފަރަކަށް "ލާމު ކަލްޗަރަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ" ގްރާފަރާއި ޤުދުރަތީ ރީތިކަން ދައްކައިދޭ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރަފަރަކަށް، "ލާމު އެންވައިރޮމެންޓަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ" އެވެ. އަދި ޒުވާން ފޮޓޯ ގްރާފަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން، "ލާމު ޔޫތް ފޮޓޯ ގްރާފަރ އޮފް ދަ އިޔަރ" އެވެ.

ފޮޓޯ ފޮނުވުމަށް.

މިމުބާރާތުގައި ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ މި މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުންނެވެ. ރަށްރަށަށްކުރާ ދަތުރުގައި ރަށްރަށުގައި ހުންނަ އާޘާރީ ތަންތަނުގެ ފޮޓޯ ނެގުމާއި މީހުންނާއި ތަންތަނުގެ ޕްރަފައިލް ނެގިގެންދާނެއެވެ.

'ލާމު އަތޮޅު- ވެލާ ކަހަނބަށް ރައްކާތެރި މާހައުލެއް" މިޝިއާރުގެ ދަށުން ވޭތުވެދިޔަ 3 އަހަރު ދުވަހު ކުރިޔަށް ގެންދެވުނު "ލާމު ޓަރޓަލް ފެސްޓިވަލް'ގެ ސަބަބުން ވެލާ ކަހަނބުގެ މުހިއްމުކަން އެނގި އެތަކެތި ހިމާޔަތްކުރަން ބޭނުންވާ ޒުވާން ޖީލެއް ލ. އަތޮޅުގައި ވަނީ އުފެދިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް