Advertisement

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށަނީ

05 Sep 2019 | 14:06

މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދެވެ.

އެބޭފުޅާ ވިދާޅުވީ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަދެއްވާފައިވާ ކަމަށެވެ.

އެގޮތުން އެ ޕްރޮޖެކްޓް ޓެންޑަރ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވާފައިވާކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ.

ޑރ.ހުސައިން ރަޝީދު ވިދާޅުވި ގޮތުގައި މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަވެފައިވާ ކުނި އެރަށްތަކުން ނަގައި، ކުރިއަށް އޮތްތަނުގައި ކުނި ގިނަ ނުވާނެ ގޮތަކަށް ކައުންސިލްތަކާ ގުޅިގެން ކަންކަން ރޭވުމަށް ވަނީ ހަަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގިނަ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

Advertisement

ކޮމެންޓް