ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިޔާނާ ކުރިމަތިލައްވައިފި

06 Sep 2019 | 15:57

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު ކުރިމަތިލައްވައިފިއެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބުނިގޮތުގައި މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، ދިޔާނާގެ އިތުރުން ފަސް ބޭފުޅަކު ވަނީ ކުރިމަތިލައްވަވާފައެވެ. އެއީ:

- އަލްއުސްތާޛާ މަރްޔަމް ނިހާޔަތު، މ.ތާޖް،

- އަލްއުސްތާޛު އަލީ ސަމީރު، މއ.ވޭސައިޑް 610 ފްލެޓް،

- އަލްއުސްތާޛު ޝުއައިބު ހުސައިން ޒަކަރިއްޔާ، ދަފްތަރު ނަންމަރު 6993،

- އަލްއުސްތާޛު މުހައްމަދު ނިޔާޒް، ގްރީންވިލާ، ހަދ.ވައިކަރަދޫ އަދި

- އަލްއުސްތާޛު ހަސަން އަލީ، ދަފްތަރު ނަންމަރު 9038 އެވެ.

މި ބޭފުޅުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒް އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު ހުށައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށްވުމަށް ހުޅުވާލާފައިވަނީ އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމު ގެއްލުނުކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެންނެވެ

Advertisement

ކޮމެންޓް