Advertisement

"ޕިންކް ރިބަން ވޯކް" އަންނަ ހޮނިހިރު ދުވަހު

23 Oct 2018 | 11:45

ރާއްޖޭގެ ކެންސަރ ސޮސައިޓީ އަދި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އުރަމަތީ ކެންސަރާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރަން ބާއްވާ "ޕިންކް ރިބަން ވޯކް" އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

މި ހިނގާލުން ރާއްޖޭގެ 27 ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހިނގާލުމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވާކަށް ނުޖެހޭނެއެވެ.

ނަމަވެސް މި އިވެންޓަށް ހާއްސަކޮށްގެން ބީއެމްއެލްއިން ޓީޝާޓުތަކެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޓީޝާޓުތައް ވީހާވެސް ގިނަ ފަރާތްތަކަކުން ގަތުމަކީ ބޭންކުން ވަރަށް އެދޭ ކަމެއްކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. މި ޓީޝާޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީއަށް ކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.

އެގޮތުން ލެކިއުޓް، ރެފިއުޓް އަދި ދުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކޮންމެ ރަށަކުންވެސް 150 ރުފިޔާއަށް ޓީޝާޓު ލިބެން ހުންނާނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް