ރިލްވާންގެ މައްސަލައިގައި ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ކޮމިޝަނަށް: ސީޕީ ހަމީދު

08 Sep 2019 | 06:21

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައިގައި މީހުން ހައްޔަރުކުރުމުގެ އަމުރަކަށް އެދެވޭނީ ގެއްލިފައިވާ އަދި މަރުވެފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނަރ ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން ރިޟްވާންގެ މައްސަލައިގައި ތަހުގީގުކުރުމުގެ ބާރު ހަމައެކަނި އޮތީ ގެއްލިފައިވާ އަދި މަރުވެފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކަމަށެވެ. އަދި މި ގާނޫނުގެ ދަށުން ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި މީހުން ހައްޔަރުކުރުމުގެ އަމުރަށްވެސް އެދެވޭނެކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގީ އިދާރާއަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ނުވުމުން ކޮމިޝަނުގެ ފަރާތުން ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުންނަށް ކޯޓުގައި ނޭދެވޭނެކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ރިޔާސީ ކޮމިޝަނުން މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދައިފި ހާލަތުގައި އެމީހަކު ހައްޔަރުކުރުމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، ކޮމިޝަނަރ އޮފް ޕޮލިސްގެ ހައިސިއްޔަތުން ދެއްވާކަމަށެވެ.

Advertisement

ކޮމެންޓް

Advertisement