އަބީޝޭކަށް އެންމެ ރީތި ލޯބީގެ ފިލުމަކީ އައިޝްވާރިޔާ އަދި ސަލްމާންގެ ފިލުމެއް

23 Oct 2018 | 12:57

ބޮލީވުޑްގެ މަޝްހޫރު ފިލްމް ކްރިޓިކުން ކަމަށްވާ ރާޖީވް މަސަންދް އަދި އަނޫޕާމަ ޗޯޕްރާގެ 'ޕޮޑްކާސްޓް ޓޭކް 2" ޝޯގައި ވާހަކަ ދައްކަމުން އަބީޝޭކަށް އެންމެ ރީތި ލޯބީގެ ފިލުމަކީ އައިޝްވާރިޔާ އަދި ސަލްމާންގެ 'ހަމް ދިލް ދޭ ޗުކޭ ސަނަމް' ކަމަށް އޭނާ ބުނެފިއެވެ.

އެ ފިލުމަކީ އޭނާއަށް އެންމެ ރީތި ލޯބީގެ ފިލުމުކަމަށާއި އަދި އައިޝްވާރިޔާގެ ފިލުމުތަކުންވެސް އެންމެ ރީތި އެއް ފިލުމްކަމަށް އަބީޝޭކް ބުންޏެވެ.

'ހަމް ދިލް ދޭ ޗުކޭ ސަނަމް' އަކީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓް ކޯށް ސަލްމާން، އަޖޭ، އަދި އައިޝްވާރިޔާ ފެނިގެންދާ ތިނެސްކަން ލޯބީގެ ފިލުމެކެވެ. ސަލްމާން އަދި އައިޝްވާރިޔާ ރައްޓެހިވެފައިވަނީ މި ފިލުމުގެ ޝޫޓިންގ ކުރިއަށް ދިޔައިރު ކަމަށްވެސް އޭރު މީޑިއާތަކުން އަޑު ފަތުރާފައިވެއެވެ.

އައިޝްވާރިޔާ އެންމެ ފަހުން ކުޅުނު ފިލުމް މިއަހަރު ތެރޭ ނުކުތްއިރު އަބީޝޭކްވެސް ވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރުތެރޭ ނުކުތް ފިލްމް މަންމަރްޒިޔާން އިން ފެނިފައެވެ. ގަބޫލުކުރެވޭ ގޮތުގައި މި ދެތަރިންވެސް ފިލުމްތަކުން ފެންނަ ވަރު މަދުވެފައިވަނީ ދެމީހުންގެ ދަރިފުޅާއެކު ގިނަ ވަގުތުތަކެއް ހޭދަކުރުމަށް ދެމީހުންވެސް ބޭނުންވާތީއެވެ.

އަބީޝޭކް އަދި އައިޝްވާރިޔާ މިހާރު މަޝްހޫރު ވެފައިވަނީ ބޮލީވުޑްގައިވެސް އެންމެ ހަމަޖެހިގެން އުޅޭ ދެމަފިރިންގެ ގޮތުގައެވެ. 

Advertisement

ކޮމެންޓް