މިރޭގެ މެޗުން ބަލިނުވާނަމަ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާ ދެނީ

10 Sep 2019 | 17:41

ވޯލްޑް ކަޕް ކޮލިފައިންގގައި މިރޭ ދިވެހިރާއްޖެއާއި ޗައިނާ ކުޅޭ މެޗުން ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް މޮޅުވެއްޖެނަމަ ނުވަތަ އެއްވަރުވެއްޖެނަމަ ކޮންމެ ކުޅުންތެރިއަކަށް އެއްލައްކަ ރުފިޔާ ދޭނެކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

މަޚުލޫފް މިހެން ވިދާޅުވީ ހޮޓެލް ޖެންގައި ކޭމްޕްކުރަމުންދާ ގައުމީ ޓީމާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ މި މެޗުން ގައުމީ ޓީމް މޮޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެެވެސް އެދުމެއްކަމަށެވެ. އަދި މި މެޗުން މޮޅުވެއްޖެނަމަ ނުވަތަ އެއްވަރުވެއްޖެނަމަ ސަރުކާރުގެ ފަރާތުން ކޮންމެ ކޮންމެ ކުޅުންތެރިއަކަށް އެއް ލައްކަ ރުފިޔާގެ ބޯނަހެއް ދިނުމަށް ނިންމާފައިވާކަމަށް މަޚުލޫފް ވަނީ އިއުލާންކުރައްވާފައެވެ.

މަޚުލޫފްގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ކުޅުންތެރިންނަށް ބޯނަހެއް ދޭނެކަން ހާމަކުރައްވާފައެވެ.

މަޚުލޫފްގެ މި ނިންމެވުމާއި އެކު ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ދަނީ މަޚުލޫފަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ ރަން މެޑަލް ހޯދި ފަރާތްތަކަށް ފައިސާގެ އިނާމެއް ނުދީ، ގައުމީ ޓީމަށް ދިނުމަކީ އެންމެ ރަނގަޅު އުސޫލުތޯ ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement