Advertisement

ސައުދީގެ ތެޔޮ އުފައްދާ ތަންތަނަށް ދިން ހަމަލާާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި

15 Sep 2019 | 12:03

ސައުދީ އަަރަބިއްޔާގެ ތެޔޮ އުފައްދާ ކުންފުނިކަމުގައިވާ އަރަމްކޯގެ ދެ ތަނަކަށް ދިން ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަބްގާއިގް އަދި ހިޖްރާ ޚުރައިސްގައި ހުރި އަރަމްކޯގެ ވަސީލަތްތަކަށް ދިން ޑްރޯން ހަމަލާ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިފަދަަ މުހިންމު އުމްރާނީ ވަސީލަތަކަށް ދިން ހަމަލާގެ ސަބަބުން އާންމު ދިރިއުޅުމަށް އުނދަގޫތަކާއި ކުރިމަތިލާންޖެހި، ސައުދީ އަރަބިއްޔާގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތު ގޯސްވާނެކަމަށް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސަރަހައްދީ ހާލަތުވެސް ގޯސްވާނެކަމަށް ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ.

ޓެރަރިޒަމްގެ މިފަދަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކަމާއިގުޅޭ އެންމެހާ ފަރާތްތަކާއި ބައިނަލްއަގްވާމީ މުޖުތަމައުއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމަށް ވަނީ ބުނެފައެވެ.

މި ބަޔާން ނިންމާލަމުން ރާއްޖެއިން އިތުރަށް ބުނީ ސައުދީގެ ސަރުކާރާއި އެކު ދިވެހިރާއްޖެ އޮންނާނެކަމަށާއި ޓެރަރިޒަމްގެ އަަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

Advertisement

ކޮމެންޓް