ހެދުން އަޅާގޮތް ބަދަލު ނުކުރުމަށް އެދެން: މަޖިލިސް ރައީސް

15 Sep 2019 | 14:13

ދިވެހިން އުޅެން ބޭނުންވަނީ އިސްލާމްދީނުގައިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އިހުގައި ދިވެހިން ހެދުން އަޅަމުން ދިޔަގޮތާއި މިހާރު ދިވެހިން ހެދުން އަަޅަމުންދާގޮތް ވަރަށް ތަފާތުކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އެމަނިކުފާނުގެ މަންމާފުޅު ބުރުގާ އެޅުއްވުން ރައީސް ނަޝީދު ނެންގެވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މަންމާފުޅު ވަކި ހިސާބަކުން ހެދުން އަޅުއްވަން ފެއްޓެވީ މާމާފުޅު ހެދުން އަޅުއްވަމުން ދިޔަ ގޮތަކަށް ނޫނެވެ.

"މަންމަ ހެދުން އަޅާ ގޮތް ބަދަލުކުރީ ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅީ. އޭގެ ކުރިން މާމަ ހެދުން އެޅި ގޮތައް އެޅި. މާމަ ބައެއް ފަހަރު ހަވީރަށް ވީމަ، ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީ މަންމަ އަޅަން ފެށި ބުރުގާއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ދިވެހިން އުޅެން ބޭނުންވަނީ އިސްލާމް ދީނުގައި ކަމަށާއި ނަމަވެސް ހެދުން އަޅާގޮތް ބަދަލު ނުކުރުމަށް އެދޭކަމަށެވެ.

Advertisement

ކޮމެންޓް

Advertisement