މަސީހު އަކީ ތާރީހްގައި ލިޔެވިގެންދާ އެންމެ ދަށު ދަރަޖައިގެ މަޖިލީސްގެ ރައީސް: މެންބަރު އަލީ ޙުސައިން

24 Oct 2018 | 09:19

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަކީ ތާރީހްގައި ލިޔެވިގެންދާ އެންމެ ދަށު ދަރަޖައިގެ މަޖިލީސްގެ ރައީސްގެ ގޮތުގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ސިފަކުރައްވައިފިއެވެ.

އަލީ ހުސެން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަސީހުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ މަޖިލީހުގެ ކަރާމަތާއި އަގުވައްޓާލައި ސިފައިންގެ ބެލުމުގެ ދަށަށް ރައްޔިތުންގެ ގެ އެއްލާލި އެންމެ ދަށު ދަރަޖައިގެ މަޖިލިސް ރައީސްގެ ގޮތުގައިކަމަށެވެ.

"މަސީހުގެ ނަން ތާރީޚުގައި ލިޔެވިގެންދާނީ މަޖިލީހުގެ ކަރާމަތާއި އަގުވައްޓާލައި ސިފައިންގެ ބެލުމުގެ ދަށަށް ރައްޔިތުންގެ ގެ އެއްލާލި އެންމެ ދަށު ދަރަޖައިގެ މަޖިލިސް ރައީސްގެ ގޮތުގައި" އަލީ ހުސައިން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން އިސްވެތިބެ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ހުށަހަޅަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ ވެސް ސޮޔާއި އެކުގައި ކަމަށް އަޑުފެތުރިފައިވަނިކޮއް މަސީހް މިވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ.

Advertisement

ކޮމެންޓް