ރިޟްވާންގެ މައްސަލައިގައި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

16 Sep 2019 | 13:30

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅިގެން މީހަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން އެދިއްޖެއެވެ.

ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ވީޑިޔޯއެއް އާންމުކުރުމަށްފަހު ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށާއި އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ކޮމިޝަނަށް އަންގައި ދިނުމަށް އެދިފައެވެ.

މިއީ ކަނޑައެޅިގެން ކޮން މައްސަލައެއްގައި ހޯދާ މީހެއްކަން ބުނެފައި ނުވާނަމަވެސް، އެ ސީީސީޓީވީ ވީޑިޔޯ ފުޓޭޖްގެ ތާރީޚުން އެއީ ރިޟްވާން ގެއްލުނު ރޭގެ ވީޑިޔޯއެއްކަން އެނގެއެވެ.

މި ވީޑިޔޯ ނަގާފައިވަނީ މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުންނެވެ. 

Advertisement

ކޮމެންޓް