Advertisement

މާލެ-ވިލިމާލެ ބްރިޖު އަޅަން އަބޫދާބީ ފަންޑާ މިނިސްޓަރު ޝާހިދު މަޝްވަރާ ކުރައްވައިފި

17 Sep 2019 | 12:07

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލުމުގެ މަޝްރޫއު އާއި އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫއަށް ފަައިސާ ހޯއްދަވަން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ޔޫއޭއީގައި ޝާހިދު ވަނީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ދެ މަޝްރޫއަށް ފައިސާ ހޯއްދަވަން ޝާހިދުވަނީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލްގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެ ފަންޑުގެ އެހީގައި ނ. މާފަރުގައި ތަރައްގީކުރަމުންދާ މާފަރު އިންޓޓަނޭޝަނަލް އެއާޕޯޓުގެ ކަންކަން ނިންމައި، އޮޕަރޭޝަންތައް ފެށުމަށްޓަކައި ރާވަމުންދާ މަސައްކަތްތަކުގެ ވާހަކަވެސް ދެބޭފުޅުން ދެއްކެވިކަމަށް މައުލޫމާތު ލިބެއެެވެ،

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުން ގުޅާލުމަކީ ކުރީގެ ރައީސް ޔާމީން ހިންގަވަން ނިންމެވި މަޝްރޫއުއެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި އެ މަޝްރޫއު އިއުލާންވެސް ކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނި މި މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިގޮތުން މި މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށާއި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް

Advertisement