Advertisement

ޓެކްސީ އެޕް އުފެއްދުމުގެ ފުުރުސަތު ސެންޓަރުތަކަށްވެސް ދީފި

17 Sep 2019 | 13:50

މާލޭ ސަރަހައްދުގައި އޮޕަރޭޓްކުރަމުންދާ ޓެކްސީ ސެންޓަރުތަކަށްވެސް ޓެކްސީ އެޕްލިކޭޝަން އުފެއްދުމުގެ ފުރުސަތު ދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ނިންމާފައިވަނީ މާލޭ ސަރަހައްދުގައި ދުއްވާ ޓެކްސީތަކަކީ މިނިސްޓްރީން ކުރިން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގައި ރަޖިސްޓްރީ ވެފައިވާ އެއްޗެހިކަމަށް ހެދުމުގެ އުސޫލު ބާތިލްކުރުމަށްފަހުގައެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މަހުން ފެށިގެން އެ އޮތޯރިޓީގައި ރަޖިސްޓަރކުރާ ޓެކްސީތަކަކީ އެ އޮތޯރިޓީ އިން ހުއްދަ ދީފައިވާ އެޕްލިކޭޝަނެއްގައި ރަޖިސްޓަރކޮށްފައިވާ ޓެކްސީއަކަށް ވާންޖެހޭނެކަމަށް ކަނޑައަޅާފައި އޮތް އުސޫލު ބާތިލްކޮށްފައިވާކަމަށެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ގިނަ ޓެކްސީ ސެންޓަރުތަކުގެ އެދުމުގެ މަތިންކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެޕްލިކޭޝަންތައް ހެދުމަށް ޓެކްސީ ސެންޓަރުތަކަށް ދީފައިވަނީ ދެމަސްދުވަހުގެ މުއްދަތެކެވެ. ނަމަވެސް އަދިވެސް އަމިއްލަ ކާރުތަކަށް ޓެކްސީ ކުރެވޭނީ އެޕްލިކޭޝަނެއްގައި ރަޖިސްޓަރ ކޮށްގެންނެވެ. އެ ތިން އެޕްލިކޭޝަނަކީ އަވަސް ރައިޑް ޕިކްމީ، ސްރީލަންކާ އަދި އެއައީ އެވެ.

Advertisement

ކޮމެންޓް