Advertisement

ރައީސް ނަޝީދު މިނިވަންކުރުން: މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

24 Oct 2018 | 06:38

13 އަހަރުގެ ޓެރަރިޒަމްގެ ދައުވާ ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް މާދަމާ ގަރާރެއް ހުށަހެޅުމަށް ތައްޔާރުވަމުން އެބަދެއެވެ.

ގުޅިފައިވާ އިއްތިހާދައް ނިސްބަތް ވެވަޑައިގަންނަވާ މެމްބަރުން ގަރާރެއް ހުށަހެޅުމަށް ނިންމާފައިވަނީ 49 މެމްބަރުންގެ ސޮއިއާއެކު އެވެ.

ރައީސް ނަޝީދުގެ ވަނީ އަންނަ ނޮވެންބަރ މަހު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. އަދި އެމްޑީޕީން އަންނަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހާއްސަ ހަރަކާތްތަކެއް ރާވަމުނެނެވެ.

ނަމަވެސް ރާއްޖޭގެ ޝަރުއީ ކޯޓަކުން ހުކުމް ކޮށްފައި ވަނިކޮށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ގަތުން ދަނީ ބައެއް ސިޔާސީ ފަރާތްތަކުން ފާޑު ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު އިއްތިހާދައް ނިސްބަތްވެވަޑައިގަންނަވާ ޖޭޕީގެ ލީޑަރު ޤާސިމް އިބަރާހިމް ވެސް ވަނީ ކޯޓު ހުކުމާ ދެކޮޅަށް ނައުމަށް ގޮވާލައްވާފައެވެ. އިސްތިއުނާފް ނުކޮށް، ކަފާލާތަކާ ނުލައި ރާއްޖެ ވަޑައިގަތުމުން ރައީސް ނަޝީދު ވަޑައިގަންނަވަން ޖެހޭނީ އަނބުރާ ޖަލަށް ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ޕޮޓޯ: އަބްދުﷲ އަބީދް

Advertisement

ކޮމެންޓް