ސީލައިފުން ފްލެޓްގަނެ، ބަދަލު ހޯދުމަށް ކޯޓަށް ނުދާ ފަރާތްތައް ހޯދަނީ

18 Sep 2019 | 13:10

ސީލައިފް މޯލްޑިވްސްއިން ހުޅުމާލޭގައި އަޅަން ނިންމި ފްލެޓްތަކަށް ފައިސާ ދެއްކުމަށްފަހު، އޭގެ ބަދަލު ހޯދުމަށް ކޯޓަށް ނުދާ ފަރާތްތައް ހޯދުމަށް އެޗްޑީސީން އިއުލާންކޮށްފިއެވެ.

އެކުންފުނިން ރޭ ކުރި އިއުލާނެއްގައި ބުނީ ސީލައިފުން ފްލެޓް ގަތް ބައެއް ފަރާތްތަކުން ބަދަލު ހޯދުމަށް ކޯޓުގައި ދައުވާކުރުމުން މައްސަލަ ހައްލުކުރަން ހެދި ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް ފައިސާ ދޭން އެޗްޑީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ދައުވާގައި ނުހިމެނޭ މީހަކު ސީލައިފަށް ފައިސާ ދައްކާފައިވާ ނަމަ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ލިޔެކިޔުންތަކެއް ހުށަހަޅަން ވަނީ އެދިފައެވެ.

އެ ލިޔެކިޔުންތަކަކީ ފްލެޓް ގަތުމަށް ސީލައިފާ އެކު ވެފައިވާ އެއްބަސްވުމާއި އެ ކުންފުންޏަށް ފައިސާ ދެއްކި ރަސީދުގެ އިތުރުން އައިޑީ ކާޑުގެ ކޮޕީ އެވެ.

އެޗްޑީސީގެ ފަރާތުން ސީލައިފްއިން ފްލެޓް ގަތް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވަނީ އެކުންފުނިން 2014ވަނަ އަހަރު ދިން ޕާފޯމެންސް ގެރެންޓީގެ ފައިސާތަކަކުންނެވެ. 

Advertisement

ކޮމެންޓް