Advertisement

ކަޅުވަކަރު މިސްކިތް އަލުން ރޭވުުމުގެ މަސައްކަތް މާދަމާ ފަށަނީ

18 Sep 2019 | 13:58

ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މާދަމާ ހަވީރު އޮންނަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ ފުރަތަަމަ ގައު ބަހައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމަތީގައި ކުރީގެ ދިރާގު ހެޑްއޮފީސް ހުރި ބިމުގައެވެ.

މި ސަރަހައްދުގައި އެ މިސްކިތް ނަމާދު ގެޔެއްގެ ގޮތުގައި ބަހައްޓާއިރު، ކުޑަ ޕާކެއްވެސް ތަރައްގީކުުރުމަށް ވަނީ ހަަމަޖެހިފައެވެ.

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތްތައް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް، 2,967,867.8 އަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.

Advertisement

ކޮމެންޓް