ޖަމާލުއްދީން ސްކޫލް ކައިރި ހިޔާދޭ ބޮޑު ގަސް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެ

22 Sep 2019 | 00:32

ޖަމާލުއްދީން ސްކޫލް ކައިރި ހިޔާދޭ ބޮޑު ގަސް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބޮޑު ގަސް ކަނޑާލުމާއެކު ސޯޝަލް މީޑިއާގައި ޢާއްމުން އަންނަނީ ނުރުހުން ފާޅުކޮށް ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ.

މި މައްސަލާގައި "ވޮއިސް" އާއި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާރ ސަމާއު ވިދާޅުވިގޮތުގައި މި ގަސް ކަނޑާލާފައިވަނީ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލައެވެ. އަދި މިކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވަނީ މިއަދު މެންދުރުކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޖަމާލުއްދީން ސްކޫލަށް އީޕީއޭއިން ގަސް ކަނޑާލުމަށް ހުއްދަ ދީފައި ސިޓީ އެއް ވަނީ ފޮނުވާފައ. ސިޓީ ކައުންސިލްއަށް އެ ސްކޫލްއިން ވަނީ އިޖްތިމާއީ މަސައްކަތެއް ކުރަން ކަމަށްބުނެ މަގު ބަންދުކުރާ ބޯޑްނަގާފައި" ސަމާއު ވިދާޅުވިއެވެ.

ގަސް ކަނޑާލަން ހުއްދަ ދިން މައްސަލާގައި އީޕީއޭއާ ސިޓީ ކައުންސިލް ދެމެދު މަޝްވަރާ ކުރެވިފައި ނުވާކަން ފާހަގަކުރައްވައި ސަމާއު ވިދާޅުވިގޮތުގައި މީގެ ފަހުން މާލެ ސިޓީން ގަސް ކަނޑަންޖެހޭ ކަންކަމުގައ މަޝްވަރާ ކުރަން ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވެފައިއެވެ.

މާލެ ސިޓީއަކީ ނިސްބަތުން ގަސް މަދު ތައެއްކަމުން ކޮންމެހެން ކަނޑަން ޖެހިއްޖެ ހާލަތުގައި މެނުވީ ގަސް ނުކެނޑުމަށް ކައުންސިލުން އިލްތިމާސް ކުރައްވައެވެ.

ޖަމާލުއްދީން ސްކޫލްއިން ބޮޑު ގަސް ކަނޑާލާފައި ވާއިރު ލ. ފޮނަދޫ ސްކޫލް ކުދިން ކުޅޭނެ ތަނެއް ހެދުމަށް ވަނީ ގިނަ އަދަދެއްގެ ރުއްތައް ކަނޑާލާފައިކަން ފާހަގަކޮށްލަންޖެހެއެވެ. މިކަން ހިނގާފައިވަނީ އެ ރަށު ކައުންސިލަށް ނޭނގިކަމަށް ކައުންސިލްގެ ރައީސް ވޮއިސް އަށް މައުލޫމާތު ދެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement