ސިނާއީ އަވަށުގައި ގުދަންތައް ހެދުމުގެ ޕްލޭންތައް މި ސަރުކާރާއި ހަވާލުކުރިން: މުއިއްޒު
ކުރީ ސަރުކާރުން މާލޭގައި ތަރައްގީކުރި ސިނާއީ އަވަށުގައި ގުދަންތައް ހެދުމަށް ތައްޔާރުކުރި ޕްލޭންތައް މިސަރުކާރާއި ހަވާލުކުރިކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.މުއިއްޒު ވިދާޅުވީ މާލެތެރޭގައި ހުރި ހުރިހާ ގުދަނެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ސަރުކާރުން އޭރު ރޭވިކަމަށެވެ. އޭގެ ތެރޭގައި ނުރައްކާތެރި ކެމިކަލްތައް ހިމެނޭ ގުދަންތަކާއި ލަކުޑި، ފިޔާ އަދި ކާބޯތަކެތީގެ ގުދަންތައްވެސް ހިމެނޭކަމަށް މުއިއްޒު ހާމަކުރެއްވިއެވެ.
އަދި މިކަމާއި ގުޅިގެން އެއްކުރެވުނު މައުލޫމާތުތައް މި ސަރުކާރާއި ހަވާލުކުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ނަމަވެސް އެކަން މިހާތަނަށް ކުރެވިފައި ނުވަނީ ކީއްވެތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.
7ހެކްޓަރުގެ އިންޑަސްޓްރިއަލް ވިލެޖްގައި ގުދަންތައް ހެދުމަށް ހަވާލުވީ އެމްޕީއެލްއާއިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists