ޕީޕީއެމްގެ 14 މެންބަރުން ގެ އިތުބާރުވެސް މަސީހަނެތް ކަން ހާމަވެއްޖެ

25 Oct 2018 | 11:16

ރައްޔިތުންގެ މަޖްލިސް ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް މިއަދު އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 14 މެންބަރުން ސޮއި ކުރެއްވިކަން ހާމަވެއްޖެއެވެ.

އެ މައްސަލައިގައި ސޮއި ކުރައްވާފައިވާ ޕީޕީއެމް ގެ 14 މެންބަރުނަކީ:

1. ފަރެސް މާތޮޑާ ހުސައިން މުހައްމަދު ލަތީފު

2. އަހްމަދު ރަޝީދު އިބްރާހިމް އިސްދޫ ދާއިރާ

3. ނާޒިމް ރަޝާދު ތުޅާދޫ ދާއިރާ

4. ރިޔާޒު ރަޝީދު ވިލުފުށީ ދާއިރާ

5. އަހްމަދު ސަލީމު އޭދަފުށީ ދާއިރާ

6. އަހްމަދު މުބީން ބިލެތްދޫ ދާއިރާ

7. އަހްމަދު ރަޝީދު ގައްދޫ ދާއިރާ

8. މުއާޒު މުހައްމަދު ރަޝީދު މަޑަވެލި ދާއިރާ

9. އިބްރާހިމް ސުޖާއު ބާރަށު ދާއިރާ

10. އަބްދުﷲ ޔާމީން ރަޝީދު ވެލިދޫ ދާއިރާ

11. އަހްމަދު އަޒްހާން ފަހުމީ މާވަށު ދާއިރާ

12. ހުސައިން މަނިކު ދޮންމަނިކު ގުރައިދޫ ދާއިރާ

13. އަލީ ފަޒާދު ފުވައްމުލަކު މެދު ދާއިރާ

14. އަހުމަދު އައްސަދު ދާންދޫ ދާއިރާ

މީގެ އިތުރުން އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން ވެސް އެ މައްސަލާގައި ސޮއި ކުރައްވާފައިވެއެވެ.


އިދިކޮޅުފަރާތް ތަކުން މަސީހު އިތުބާރު ނެތްކަމުގެ މައްސަލަ 3 ފަހަރެއްގެ މަތިން ވަނީ މަޖްލީހަށް ވައްދާފައެވެ.

އެގޮތުން އެންމެ ފުރަތަމަ އިދިކޮޅު މެމްބަރުން ހުށަހެޅި މައްސަލަ ނާކާމިޔާބު ވީއިރު، އޭގެފަހުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ތިންވަނަ ފަހަރު ހުށައެޅިމައްސަލައިގެ ބޭރުކޮށްލީ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިގެންނެވެ.

ފުރަތަމަ މައްސަލަ ހުށައެޅިއިރު މައްސަލަ ހުށައެޅުމަށްޓަކައި ބޭނުންވަނީ 15 މެންބަރުންގެ ސޮއިއެވެ.

ނަމަވެސް މިދިޔަ އަހަރު މަޖްލީސް ގަވައިދަށް ގެނައި ބަދަލުގައި އެ އަދަދު ވަނީ 42 ކަށް އިތުރުކޮއްފައެވެ.

Advertisement

ކޮމެންޓް