ޖާބިރު މިރޭ ފުލުހަށް ހާޒިރުވުމަށް އަންގައިފި!

23 Sep 2019 | 15:29

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ކާށިދޫ ދާއިރާގެ މެންްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރުގެ އަތުން ފައިސާ ނެންގެވި މައްސަލައެއްގައި ބަޔާން ދެއްވުމަށް މިރޭ ފުލުހަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އެ މައްސަލައިގައި ބަޔާންދެއްވުމަށް ފުލުހުންގެ އިދާރާއަށް މިރޭ އަށެއް ޖަހާއިރު ވަޑައިގަންނަވާނެކަމަށެވެ.

ޖާާބިރު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ރައީސް މައުމޫންވަނީ އެބޭފުޅާގެ އަމިއްލަ ގެކޮޅުކަމުގައިވާ ކިނބިގަސްދޮށުގެ ރަހުނުގައި ބެހެއްޓެވުމަށްފަހު ޖާބިރުގެ އަތުން ދަަރަންޏަށް ފައިސާ ނަންގަވާފައެވެ. މި ފައިސާގެ ޖުމްލަ އަދަދު 29މިިލިޔަން ރުފިޔާއަށް އަރާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"29 މިލިއަން ރުފިޔާ މައުމޫނަށް ދިނީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި"،އެބޭފުޅާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދަރަންޏެއް ނަގައިފިނަމަ ރީތި ގޮތަކީ ޒިންމާވުން ކަމަށާއި، މައުމޫން އެ ފައިސާ އަނބުރާ ނުދެއްވައިިފިނަމަ ކިނބިގަސްދޮށުގެއާއި ހަވާލުވާނެކަމަށެވެ.

Advertisement

ކޮމެންޓް