Advertisement

ރައީސް ނަޝީދު މިނިވަންކުރުމަށް ރައީސް ޔާމީންގެ މެންބަރުން ނިކުމެއްޖެ

25 Oct 2018 | 07:03

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ 49 މެމްބަރަކު ސޮއިކޮށް މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރަކު ސޮއި ކުރައްވާފައިވާ ކަމަށް ހާމަވެއްްޖެވެ.

މި މައްސަލައިގައި ޕީޕީއެމްގެ 13 މެންބަރުންގެ އިތުރުން އިދިކޮޅު ޕާލިމެންޓްރީ ގުރޫޕުގައި ހިމެނޭ 36 މެމްބަރުންވެސް ވަނީ ސޮއިކުރައްވާފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވި ރައީސް ޔާމީންގެ ފެކްޝަން ބޭފުޅުންނަކީ:

1. ފަރެސް މާތޮޑާ ހުސައިން މުހައްމަދު ލަތީފު

2. އަހްމަދު ރަޝީދު އިބްރާހިމް އިސްދޫ ދާއިރާ

3. ނާޒިމް ރަޝާދު ތުޅާދޫ ދާއިރާ

4. ރިޔާޒު ރަޝީދު ވިލުފުށީ ދާއިރާ

5. އަހްމަދު ސަލީމު އޭދަފުށީ ދާއިރާ

6. އަހްމަދު މުބީން ބިލެތްދޫ ދާއިރާ

7. އަހްމަދު ރަޝީދު ގައްދޫ ދާއިރާ

8. މުއާޒު މުހައްމަދު ރަޝީދު މަޑަވެލި ދާއިރާ

9. އިބްރާހިމް ސުޖާއު ބާރަށު ދާއިރާ

10. އަބްދުﷲ ޔާމީން ރަޝީދު ވެލިދޫ ދާއިރާ

11. އަހްމަދު އަޒްހާން ފަހުމީ މާވަށު ދާއިރާ

12. ހުސައިން މަނިކު ދޮންމަނިކު ގުރައިދޫ ދާއިރާ

13. އަލީ ފަޒާދު ފުވައްމުލަކު މެދު ދާއިރާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އިސްވެހުންނަވާ ރައީސް ނަޝީދު މިނިވަން ކުރުމަށް ހުށަހެޅުއްވި މިގަރާރާ އި ބެހޭގޮތުން އީވާ ވިދާޅުވީ މިއީ އިންސާފު ހޯދާ ދިނުމަށް ޝަރުއީ ދާއިރާއަށް އިލްތިމާސް ކުރުމަށް ހުށަހެޅުއްވި ގަރާރެއް ކަމަށެވެ.

ރައީސް ނަޝީދު މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ވަނީ 13 އަހަރުދުހުގެ ޖަލުހުކުމެއް ކޮއްފައެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެ ދޫކޮށް ވަޑައިގަތުމަށްފަހު މިހާރު ހުންނެވީ އިނގިރޭސި ވިލާާތުގެ ހިމާޔަތް ހޯދަވައިގެންނެވެ.

Advertisement

ކޮމެންޓް