ރައީސް މައުމޫން ނެތިއްޔާ ބަޔާނެއް ނުދޭނަން، އެއީ ނެތިމޮށުން: ޖާބިރު

23 Sep 2019 | 23:31

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެތި އެމަނިކުފާނާއި ދެކޮޅަށް ބަޔާންދެއްވުމަކީ ނެތިމޮށުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރައީސް މައުމޫނާއި ދެކޮޅަށް ހުށައެޅުއްވި މައްސަލައެއްގައި އެމަނިކުފާނު ނެތްކަމަށްބުނެ ހެކިބަސް ދެއްވުމަށް ދެކޮޅު ހައްދަވައި މީޑިޔާތަކާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ހެކިބަސް ނުދެއްވާ ފުލުހުންގެ އިދާރާއިން ނުކުމެ ވަޑައިގެން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އެ މައްސަލައިގައި އިތުރަށް ފުލުހުންނާއި ވާހަކަފުޅު ދައްކަވާނެކަމަށާއި މައްސަލަ ތަހުގީގުކުރަން ޖެހޭނީ މައުމޫންގެ ހާޒިރުގައިކަމަށެވެ.

އެބޭފުޅާ ވިދާޅުވީ ރައީސް މައުމޫން ދަރަންޏަށް ޒިންމާ ވާގޮތަށް ނެތި 29 މިލިއަން ރުފިޔާގެ ވާހަކަ ދައްކަން ބޭނުންފުޅުވަނީ އެމަނިކުފާނު ކުރިފުޅުމަތީގައިކަމަށެވެ.

"މީހުން ނެތްތާނގައި މީހުންގެ ވާހަކަ ދެއްކުން އެއީ ވަރަށް ހުތުރު ކަމެއް. އަޅުގަނޑަކީ އެއްވެސް މީހެއްގެ ނެތި މޮށޭ މީހެއް ނޫން"، ޖާބިރު ވިދާޅުވިއެވެ.

ޖާާބިރު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ރައީސް މައުމޫންވަނީ އެބޭފުޅާގެ އަމިއްލަ ގެކޮޅުކަމުގައިވާ ކިނބިގަސްދޮށުގެ ރަހުނުގައި ބެހެއްޓެވުމަށްފަހު ޖާބިރުގެ އަތުން ދަަރަންޏަށް ފައިސާ ނަންގަވާފައެވެ. މި ފައިސާގެ ޖުމްލަ އަދަދު 29މިިލިޔަން ރުފިޔާއަށް އަރާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

"29 މިލިއަން ރުފިޔާ މައުމޫނަށް ދިނީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި"،އެބޭފުޅާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދަރަންޏެއް ނަގައިފިނަމަ ރީތި ގޮތަކީ ޒިންމާވުން ކަމަށާއި، މައުމޫން އެ ފައިސާ އަނބުރާ ނުދެއްވައިިފިނަމަ ކިނބިގަސްދޮށުގެއާއި ހަވާލުވާނެކަމަށެވެ.

Advertisement

ކޮމެންޓް