އުމްރާ އަށް ދާން ޤިބްލަ ހައްޖު އެންޑް އުމްރާގެ ހާއްސަ އަގުތަކެއް!

26 Sep 2019 | 23:15

މިއަހަރުގެ ބޮޑު ބަންދާ ދިމާކޮށް ޑިސެމްބަރު މަހު ޢުމްރާއަށް ގެންދިއުމަށް ޤިބްލަ ހައްޖު އެންޑް އުމްރާގެ ހާއްސަ އަގުތަކެއް ކަނޑައަޅާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެޖަމާއަތުގެ ހަވާލުގައި ޢުމްރާއަށް ދާ ފަރާތްތަކަށް ދޭ ޚިދުމަތްތަކުގެ ތެރޭގައި ޙަރަމްފުޅާ ކައިރިން ހޮޓާހަމަޖެއްސުމާއި އިޙްރާމް، ދެކޮޅު ޓިކެޓް، މައްކާ އާއި މަދީނާގެ ޒިޔާރަތް ދަތުރު، ދެ ޢުމްރާ ކުރުމުގެ ފުރުޞަތު، ވިސާގެ ޚިދުމަތް، ދިވެހިންގެ ރަހަތަކާގުޅޭ ކެއުން، ތަމްރީން ޕްރޮގްރާމް އަދި ދީނީ މަޢުލޫމާތާއި ދަރުސް ދިނުން ހިމެނެއެވެ.

މިހުރިހާ ޚިދުމަތަކާއި އެކު އެކުންފުނިން ނަގާ އަގަކީ މީހަކަށް 22000 ރުފިޔާ އެވެ. މި ދަތުރުގައި ވަނީ ޖުމްލަ 18 ދުވަހެވެ. މައްކާގައި 16 ދުވަސް، މަދީނާގައި 2 ދުވަސް ހޭދަކުރާނެކަމަށާއި މައްކާއާއި މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް ހާމަކުރެއްވިއެވެ.

"މަދަރުސާ ދަރިވަރުންނާއި އާއިލާތަކަށް ހާއްޞަ އަގުތަކެއް ހަމަޖައްސާފައިވާއިރު 4 އަދި 10 މީހުންގެ ގުރޫޕްތަކަށް ވެސް ހާއްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާނެ" ޤިބްލައިގެ މެނޭޖިން ޑިރެކްޓަރ ޔާމިން އިދުރީސް ހާމަކުރެއްވިއެވެ.

ގިބްލަ ހައްޖު އެންޑް އުމްރާ ކުންފުންޔަކީ ޒުވާން ތަޖުރިބާކާރުން ހިމެނޭ ޓީމެކެވެ. ގިބްލަގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމާއި ނަންނޯޓް ކުރެއްވުމަށް 9666104 ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެކުންފުނިން އެދެއެވެ

Advertisement

ކޮމެންޓް

Advertisement