މަޖްލިސް ރައީސް ކަމަށް އަބްދުރަހީމް އަދި ޤާސިމް އިބްރާހީމް

27 Oct 2018 | 13:42

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ގެ އިތުބާރުނެތް ކަމުގެ މައްސަލަ މިއަދު ހުށަހަޅާފައިވާއިރު މަޖްލިސް ރައީސް ކަމުގެ މަޤާމަށް ސަރުކާރާއި އިއްތިހާދުގެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން މިއަދު މި މައްސަލަ މަޖްލީހަށް ހުށަހެޅުމަށް ފަހު މަޖިލީހުގެ އިދާރަގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީ ގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވިގޮތުގައި މަޖިލީހުގެ ރައީސް ކަމަށް ޤާސިބް އިބްރާހިމް ގެނައުމަށް އުއްމީދު ކުރާކަން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ވެސް މަޖްލިސް ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅިގެން މަޖްލިސް ރައީސް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ގެނައުމުގެ ވާހަކަ ވަނީ ދެކެވިފައެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަޙީމް އަބްދުﷲ އޭގެ ކުޑަ އިރުކޮޅެއް ފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖްލިސް ރައީސް އަބްދުﷲ މަސީހު މަޤާމުން ބޭރުކޮށްފި ނަމަ، މަޖްލިސް ރައީސް ކަމަހ ވާދަ ކުރަން ނިންމައިފިކަމަށެވެ.

މަސީހްގެ މައްޗަށް އިތުބާރުނެތް ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ 14 މެމްބަރަކު ވެސް ހިމެނޭ ގޮތަށް 51 މެންބަރަކު މިއަދު ހުށަހަޅާފައިވާއިރު މަސީހް އިސްތިއުފާ ދެއްވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.


Advertisement

ކޮމެންޓް