ކޮންމެ ކަމެއްގެ ހަގީގަތް އެނގުނީމަ މިޖެހެނީ ރައީސް ޔާމީނަށް ތައުރީފު ކުރަން: ސައީދު

26 Sep 2019 | 15:34

ކޮންމެ ކަމެއްގެ ހަގީގަތް އެނގުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސިޔާސަތަށް ތައުރީފު ކުރަންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީ ސަރުކާރުން ސިލްކް ރޫޓް ގައި ބައިވެރިވާން ނިންމުމުން، އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް އެކަންވީ ބޮޑު ދަންތުރަ އަކަށް ކަމަށެވެ. އެހެންނަމަވެސް، މިއަދު އެއީ ލިބުނު ޝަރަފެއް ކަމަށާއި، ޗައިނާގެ އިންވެސްޓްމެންޓްތައްވެސް އަދި މިހާރު ބެލްޓް އެންޑް ރޯޑްވެސް އެއީ ޝަރަފެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އެހެން ވިދާޅުވީ، ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމުކުރާ މެރިޓައިމް ސިލްކުރޫޓަށް އެއްބާރުލުން ދިނުމަށް އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.

ރާއްޖެއިން ޗައިނާގެ މެރިޓައިމް ސިލްކު ރޫޓުގައި ބައިވެރިވާން ނިންމީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅުގައެވެ. 

Advertisement

ކޮމެންޓް