އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަތަރު ޕެކޭޖެއް ތަޢާރަފުކޮށްފި

27 Sep 2019 | 00:27

އުރީދޫއިން ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހަތަރު ޕެކޭޖެއް ތަޢާރަފުކޮށްފިއެވެ.

ޕްރީޕެއިޑް އަދި މިކްސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކުރެވިފައިވާ ވޮއިސް ޕެކްގެ އިތުރުން އަންލިމިޓެޑް ކޯލްސް، އިތުރު ލޯކަލް މިނެޓް އަދި އިތުރު ޑޭޓާ އެލޮވެންސް ހިމެނޭ ކޮމްބޯ ޕެކް މިހާރު ބޭނުންކުރެވޭނެކަމަށް އުރީދޫއިން މައުލޫމާތު ދެއްވައެވެ.

މީގެ އިތުރުން، އުރީދޫއިން ވަނީ 'ހެޕީ އަވަރ' ގެ ނަމުގައި ވަރަށް ޚާއްސަ ޕްރޮމޯޝަނަލް އޮފަރ އެއް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ކޮންމެ ދުވަހަކު ފަތިހު 5 އިން ހަވީރު 5 އަށް އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 1ޖީބީ ޑޭޓާ މި ޕްރޮމޯޝަންގެ ދަށުން ހަމަ އެންމެ 20 ރުފިޔާއަށް ލިބިގެންދާނެއެވެ.

*929*1*1# އަށް ގުޅުއްވައިގެން މި ޕެކޭޖް މިހާރު އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ 31 ޑިސެމްބަރ 2019 ގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް

Advertisement