Advertisement

ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

19 Sep 2018 | 21:06

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން ހެދި ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

މި ފްލައިޓް ކުޅުދުއްފުށީ އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު މެންދުރުފަހު 15:11 ގައެވެ. ކުޅުދުއްފުށީ އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސުމަށް ކުރި އެ ދަތުރުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވެސް މި ރަށަށް ވަޑައިގަތެވެ. އަދި ޗީފް އޮފް ޑިފެންސްފޯސް އަހުމަދު ޝިޔާމާއި އައިލެންޑް އޭވިއޭޝަނާއި އޭވިއޭޝަން ދާއިރާގެ އިސް ބޭފުޅުން ޓެސްޓް ފްލައިޓުގައި ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އެވެ.

މި އެއާޕޯޓުގައި އަދި ނިމިފައި ވަނީ ރަންވޭ އެކަންޏެވެ. އެއީ 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީ ވޭ އެވެ. ރަންވޭގައި ތާރު އަޅައި ނިމުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. 

Advertisement

ކޮމެންޓް