މާލޭގެ ބައެއް މަގުތަކުގައި ދުއްވާ އުސޫލަށް ބަދަލު ގެނެސްފި

28 Sep 2019 | 23:05

މާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން މިމަހުގެ ތިންވަނަ ދުވަހު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި ފާސްކުރި ވަންވޭ ނުވަތަ އެއްކޮޅަށް ދުއްވާ މަގުތަކުގެ އުސޫލުތަކަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.

އެގޮތުން މިއަދުން ފެށިގެން އަލިކިލެގެފާނު މަގަކީ ދެކުނުން އުތުރަށް ވަންވޭއަށް ދުއްވާ މަގަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

އަދި ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވާ ގޮތަށް ހެދިއިރު، ދަރުމަވަންތަ މަގުގައި ދުއްވޭނީ ހުޅަނގުން އިރަށްކަމަށް ވަނީ ނިންމާފައެވެ.

ފާާހަގަކޮށްލެވޭ ގޮތުގައި ހިތަށްފިނިވާ މަގާއި ހުސްނުހީނާ މަގާއި ނޫރާނީ ގޯޅިއާ ދެމެދު ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މީގެެ އިތުރުން ކުޑަތުއްތު ހިނގުމާއި ލިލީ މަގާއި ދަރުމަވަންތަ މަގު ދޭތެރޭގައިވެސް މިހާރު ދެކޮޅަށް ދުއްވޭނެ އެވެ.

އަދި ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް